ރެސިޕީ: ޕާން ބޯކިބާ

ޕާން ބޯކިބަލަކީ ތަފާތު ގޮތްގޮތަށް ތައްޔާރު ކުރާ ބާވަތެކެވެ. އެގޮތުން މި ބަލާލަނީ ވަރަށް ތަފާތު ގޮތަކަށް ޕާންބޯކިބަލެއް އަޅާލެވިދާނެ ގޮތެކެވެ. މީ ރޯދަމަހު ސުފުރާ ފަޅުފިލުވާލުމުގެ ގޮތުން އަޖުމަ ބަލާލަން ރަނގަޅު ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި

1 ޕާން (ކުޑަ)

1 ދަޅު ގެރިކިރު

5 ބިސް

200 ގްރާމް ބަޓަރު

1 ސައިސަމުސާ ވެނީލާ އެސެންސު

ތައްޔާރު ކުރާނެ ގޮތް

ޓްރޭއެއްގައި ބަޓަރުކޮޅެއް އުނގުޅާލުމަށްފަހު ބައިދާށެވެ. އެއަށް ފަހު ގެރިކިރާއި ބިސް އަދި އެސެންސުކޮޅު ތައްޓެއްގައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއީ ބޯކިބާގެ ސިރަޕުގަނޑެވެ. އެއަށްފަހު ޕާނުގެ ކައިރި ތުނިކޮށް ނަގާލުމަށްފަހު، ޕާނުގެ ދެ ފަރާތުގައި ރަނގަޅަށް ބަޓަރު އުނގުޅާލާށެވެ. ބަޓަރު އުނގުޅާލި ޕާނުން ޓްރޭގައި ލޭއާއެއް އަޅާލާށެވެ. އެއަށް ފަހު ސިރަޕް އަޅާލުމަށްފަހު ރަނގަޅަށް ޕާން ފޯކޮށްލާށެވެ. ހަމަ މިގޮތަށް ލޭއާ ކުރަމުން ގެންދާށެވެ. އެއަށް ފަހު ޕްރީހީޓް ކޮށްފައިވާ އަވަނަށް ބޯކިބާ ލުމަށްފަހު ރަނގަޅަށް ފިހެލާނީއޭވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!