ރެސިޕީ: ގެރިކިރު ބޯކިބާ

ގެރިކިރު ބޯކިބަލަކީ ވަރަށް މަދު ބާވަތްތަށް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ ބާވަތެކެވެ. ފަސޭހަައިން ތައްޔާރު ކޮލެވުނުކަމުގައި ވިޔަސް މީ ވަރަށް މީރު ބާވަތެއްގެ ބޯކިބަލެކެވެ.

ބޭނުންވާނެ ތަކެތި

1 ދަޅު ގެރިކިރު

5 ބިސް

1 ކަޕް ފުއް (އާންމުކޮށް ބޭނުންކުރާ ރޮށިފިހާ ފުއް)

ބައި ޖޯޑު ބަޓަރު

2 ސައިސަމުސާ ބޭކިންގ ޕައުޑާރ

އައިސިންގ ސުގާ (އޮޕްޝަނަލް)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކުރުމަށް ޖައްސާށެވެ. އެއަށް ފަހު ޓްރޭގައި ބަޓަރުކޮޅެއް އުގުޅާލާށެވެ. 9 އިންޗި ޓްރޭއް ރަނގަޅުވާނެއެވެ. ދެން އައިސިން ސުގާ ފިޔަވާ ހުރިހާ އިންގްރިޑިއަންޓް ތައްޓަކަށް އެޅުމަށްފަހު ހުރިހާ އެއްޗެއް ރީތިކޮށް މިސްވަންދެއް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ބަޓަރުކޮޅު ހޭކި ޓްރޭއަށް އަޅާލުމަށްފަހު ފިހެން ލާނީއެވެ. 350 ޑިގްރީގައި 20 މިނިޓް ވަންދެން ފިހެވުމުން ރަނގަޅަށް ފިހެވުންކަން ޔަގީން ކުރުމަށް ޓޫތްޕިކެއް ބޯކިބާ އަށް ހަރާލާށެވެ. ޓޫތުޕިކުގައި އެއްވެސް އެއްޗެއް ނޫގުޅޭ ކަމުގައި ވަނީނަމަ އެއޮތީ ފިހެވިފައިއެވެ. ދެން ހިހޫ ވުމުން ފުރޭންޔަކުން މައްޗަށް އައިސިން ސުގާ ކޮޅު ބުރުވާލާށެވެ. މިހާރު ގެރިކިރު ބޯކިބާ ހުންނާނީ ނިމިފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!