އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 13 ޕަސެންޓު މައްޗަށް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނީ 266 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައި ވަނީ 235 މިލިއަން ރުފިޔާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެ އަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ.

ނިމިދިޔަ މާޗު މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރުންނެވެ. އެގޮތުން، އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ، އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެއެވެ.

އިމްޕޯޓާއި އާމްދަނީ އިތުރުވި ނަމަވެސް އެކްސްޕޯޓު މިދިޔަ މަހު ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ މަހު 301 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު މިދިޔަ އަހަރުގެ މާޗު މަހު 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!