ރެސިޕީ: ކެރެޓް ކޭކް

ރޯދަ މަހު ތައްޔާރުކޮށްލަން ފަސޭހަ، އަނގަޔަށް މީރު ފޮނި ކާތަކެތީގެ ތެރެއިން މިފަހަރު މި ހިއްސާކޮށްލަނީ ކެރެޓް ކޭކު ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

  • 450ގ ގޮދަންފުށް
  • 550ގ ހަކުރު (ހިމުންކޮށް)
  • 12ގ ލޮނު
  • 7 ކުކުޅުބިސް
  • 500ގ ކެރެޓް (ގާނާފައި)
  • 10ގ ފޮނިތޮށި (މުގުރާފައި)
  • 7ގ ބޭކިންގ ޕައުޑަރ
  • 2ގ ބޭކިންގ ސޯޑާ
  • 155ގ ކަނަމަދު
  • 400 މިލިލީޓަރު ކުކިންގ އޮއިލް

ތައްޔާރުކުރާނެ ގޮތް

ގޮދަންދުށާއި ބޭކިންގ ޕައުޑަރ، ބޭކިންގ ސޯޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލާށެވެ. ދެން މިކްސަރަކުން ކުކުޅިބިސް ރަނގަޅަށް އޮލަވަންދެން މެދުމިނެއްގައި ގިރާލާށެވެ. އެއަށްފަހު ތެޔޮފޮދު މިކްސަރަށް އަޅާލާފައި ބާރުސްޕީޑުގައި 3 މިނިޓު ވަރު ގިރާލާށެވެ. ދެން ހަކުރު އެޅުމަށްފަހު އަނެއްކާވެސް 3 މިނިޓު ވަންދެން ބާރު ސްޕީޑުގައި ގިރާލާށެވެ. 3 މިނިޓު ވުމުން، މިކްސަރުގައި ހުރި އެއްޗެހި ފުން ތަށްޓަކަށް އަޅާށެވެ. ދެން އޭގެތެރެއަށް މަދުމަދުން ގޮދަންފުށް މިކްސް އެއްކޮށްލާށެވެ. އެއަށްފަހު ގާނާފައި ހުރި ކެރެޓާއި ކަނަމަދު އެއްކޮށްލާށެވެ. އެންމެފަހުން ކޭކު ފިހުމަށް ތައްޔާރުކޮށްފައި ހުރި ޓްރޭހައި 170 ޑިގްރީގައި، މައްޗަށް ރަނގަޅަށް ކުލަ އަރަންދެން ފިހާނީއެވެ.