ރެސިޕީ: ވައިޓް ޕުޑިން

ވައިޓް ޕުޑިންގ އާއި ޗޮކޮލެޓް ޕުޑީންގ އަކީ އެއް އާއިލާއެއްގެ ދެބެއިން ކަމުގައިވެސް ބުނެވިދާނެއެވެ. މީ އަނގަޔަށްމީރު ތަފާތު ރަހަ އެއް އެކުލެވޭ ޕުޑިންގް އެކެވެ. ރޯދަމަހު ސުފުރާމަތި ފަޅުފިލުވާ ލުމަށް މީ ވަރަށް ވެސް ރަނގަޅު ބާވަތަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި

1 ބޮނޑި މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

1 ޕެކެޓް ދިޔާ ކިރު ( ފުލް ކްރީމް )

3 ސައިސަމުސާ ކޯންފުލާ

100 ގްރާމް ބަޓަރު

3 ތިކި އެސެންސް

ތަފާތު ވައްތަރުގެ ނަޓްސް އަދި ވައިޓް ޗޮކޮލެޓް ( ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ފްރިޖް އަށް ލެވޭ ކަހަލަ ތަށްޓަކަށް މާރީ ބިސްކޯދު ބޮނޑި ފުޑުކޮށްލުމަށް ފަހު އަޅާލާށެވެ. އެއަށްފަހު ތެއްޔެއް އުދުން މައްޗަށް އުދާށެވެ. ކިރުޕެކެޓް ތެއްޔަށް އެޅުމަށްފަހު ކެކެންދެން މަޑުކޮށްލާށެވެ. ކެކެން ފެށުމުން ގެރިކިރު ކޮޅާއި ބަޓަރު އަޅާލާށެވެ. އެއަށް ފަހު ފެންފޮދެއްގައި ކޯންފްލާ ކޮޅު ގިރާލުމަށް ފަހު އަޅާލާނީއެވެ. ދެން އޮލަވަންދެން ހާކަމުން ކައްކަމުން ގެންދާށެވެ. ރަނގަޅަށް އޮލަވުމުން އެސެންސުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮލާނީއެވެ. އެއަށް ފަހު ކުރިން ފުނޑުކުރި ބިސްކޯދު ތަށްޓަށް ތައްޔާރު ކުރި ބައި އަޅާލާނީއެވެ. ބޭނުންނަމަ މައްޗަށް ކުދިކޮށް ކޮށާލުމަށްފަހު ނަޓްސްކޮޅަކާއި ވައިޓް ޗޮކޮލެޓް އަޅާލާށެވެ. ހިހޫވުމުން ސެޓް ކުރުމަށް 3 ގަޑި އިރު ފްރިޖް ގައި ބަހައްޓާށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!