އާލިއާ ރާއްޖެ ދެކެ ވާ ލޯބި އެންމެ ފޮޓޯއަކުން

ދާދިފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް، ރާއްޖެ މަތިން ހަނދާންވާކަން ހާމަކޮށްފިއެވެ.

އާލިއާ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި މޫދު މަތިން ހަނދާންވާކަން ހާމަވެފައި ވަނީ، ދާދިފަހުން އޭނާގެ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ބަދަލުކުރުމާ ގުޅިގެންނެވެ. މިހާރު އޭނާގެ ޕްރޮފައިލް ފޮޓޯގެ ގޮތުގައި އިނީ، ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެކެވެ. އަދި އޭނާ އެ ފޮޓޯ ލާފައި ވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ގޭގައި ކަރަންޓީނުވެގެން އިނދެއެވެ. އެހެންކަމުން، މިހާރު އޭނާ އެންމެ ދާން ބޭނުންވާ ތަނަކީ ރާއްޖެ ކަމަށް ބެލެވެއެވެ.

ރާއްޖެއަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން އަންނަ، އެމީހުން ވަރަށް ގަޔާވާ މަންޒިލެކެވެ. އެގޮތުން މިހާރުވެސް ބަތަލާ ޝްރަދާ ކަޕޫރު އަންނަނީ ބަރޮސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!