ޝްރަދާ ކަޕޫރަށް 60 މިލިއަން ފޮލޯވަރުން!

ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރަށް އިންސްޓަގްރާމްގައި ފޮލޯކުރާ މީހުންގެ އަދަދު 60 މިލިއަނަށް އަރައިފިއެވެ.

ޝްރަދާއަށް 60 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ ފޭނުންނަށް ޝުކުރުއަދާކޮށް ޙާއްސަ ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓަކީ، ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އޭގައި ޝްރަދާ ހުރީ މޫދު ކައިރީގައި ޔޯގާ ޕޯސް އެއް ޖައްސައިގެނެވެ.

ފޮލޯވަރުންނަށް ހިތުގެ އަޑިން ޝުކުރުއަދާކުރަމުން ޝްރަދާ ވަނީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ވެސް ނަސޭހަތްތެރިވެފައެވެ.

60 ފޮލޯވަރުންނާއެކު މިހާރު ޝްރަދާ ވަނީ އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑް ބަތަލާއިންގެ ލިސްޓުން ދެވަނަ ހޯދައިފައެވެ. ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!