ކައުންސިލް އިންތިޚާބު 2020: މިހާތަނަށް ލިބުނު ނަތީޖާ

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ނިމި، ނަތީޖާތައް އިއުލާންކުރަން ފަށައިފިއެވެ.

  • ހުޅުމާލެ ދާއިރާއަށް އިންތިހާބުވެވެޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ޝުޖާއުއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ރިޒްނާ ޒަރީރު.
  • މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް.
  • މާފަންނު ދެކުނު ދާއިރާގެ ގޮނޑިކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ނާސިރު.
  • ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބޫ).
  • ހެންވޭރު ހުޅަނގު ގޮނޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު އައިފާން.
  • ފުވައްމުލަކުގެ ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުން. އެ ސިޓީގެ މޭޔަރުކަމަށް ވެސް އިންތިހާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގް. ފުވައްމުލަކުން ޕީޕީއެމަށް ނެގުނީ ހުޅަނގު އުތުރާއި މެދު ދެކުނު ދާއިރާގެ ގޮނޑި.
  • ކުޅުދުއްފުށީގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓުން. އެގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ނިކުންނެވި މުހައްމަދު އާތިފް ވަނީ ހޮވިވަޑައިގެންފަ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލަކަށް ބަދަލުކުރި ފަހުން، އެ ސިޓީ އަށް މޭޔަރަކު ހޮވި ފުރަތަމަ ފަހަރު
  • އެމްޑީޕީގެ ފުރިހަމަ ބާރު އޮންނަ މާލޭގެ މޭޔަރުކަން ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު. މިހާރު ކުރިއަށްދާ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައި
  • އައްޑޫ ދާއިރާގެ މޭޔަރުކަމާއެކު، އެމްޑީޕީއެއް ލިބުނީ 8 ގޮނޑި.  ދެން ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓުން. ޕީޕީއެމަށް ލިބުނީ ފޭދޫ މަގުއްދޫ ދާއިރާ އާއި މީދޫ ދާއިރާގެ ގޮނޑި.

(އިތުރު ތަފްސީލް އަންނަނީ…)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!