ޖާންވީ ރާއްޖޭގައި އުފަލުން ފޮޅިފައި

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްގެން އުޅޭ ބޮލީވުޑްގެ ޒުވާން ބަތަލާ، ޖާންވީ ކަޕޫރު، މި ދަތުރުގެ ތެރެއިން އުފާވެރި ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކުރަމުން އެބަދެއެވެ.

އިއްޔެ ރާއްޖެއަށް އައި 24 އަހަރުގެ ބަތަލާ އޭނާގެ ރައްޓެހިންނާއެކީ ޗުއްޓީ ހޭދަކުރަމުންދަނީ މިރިއަންދޫ ރިސޯޓުގައެވެ.

އިއްޔެއިން ފެށިގެން ޖާންވީ އިންސްޓަގްރާމްގައި ހިއްސާކުރަމުންދާ ފޮޓޯތަކަށް ދަނީ ގިނަ އަދަދެއް ލައިކާއި، ކޮމެންޓު ލިބެމުންނެވެ. އަދި އޭގެން ކޮންމެ ފޮޓޯއެއްގައި ޖާންވީ އަންނަނީ، ރާއްޖޭގެ ހިތްފަސޭހަކަމަށް ލޯބިކުރާކަން ފާޅުކުރަމުންނެވެ. އެގޮތުން އެންމެފަހުން ހިއްސާކުރި ސެލްފީގައި، އަމިއްލަ މީހާ ސިފަކޮށްފައިވަނީ “ރަށްފުށު އަންހެންކުއްޖެއް”ގެ ގޮތުގައެވެ.

ޖާންވީ ކަޕޫރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ގުޑް ލަކް ޖެރީ”، “ތަކްތު” އަދި “ދޯސްތާނާ 2” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!