ރާހުލް އާއި ދިޝާ ކައިވެނިކުރީތަ؟

“ބިގް ބޮސް 14” ގެ ދެވަނަ ކާމިޔާބުކުރި ލަވަކިޔުންތެރިޔާ ރާހުލް ވެއިދްޔާ އާއި އޭނާގެ ލޯބިވެރިޔާ، ޓީވީ އެކްޓްރެސް ދިޝާ ޕަރްމާރްގެ “ކައިވެނީގެ” ފޮޓޯތަކެއް އާންމުވެ، ފޭނުންގެ މެދުގައި ސުވާލު އުފެދިއްޖެއެވެ.

ރާހުލް، އޭނާގެ އިންސްޓަގްރާމްގައި ރޭ ހިއްސާކުރި ފޮޓޯގައި ފެންނަނީ އޭނާއާއި ދިޝާ، ކައިވެނީގެ ހެދުމުގައި ތިބޭ މަންޒަރެވެ. ހަމަ އެ ފޮޓޯ ދިޝާގެ އިންސްޓަގްރާމްގައިވެސް ހިއްސާކޮށްފައިވާއިރު، ދެމީހުންވެސް ކެޕްޝަންގައި ލިޔެފައިވަނީ މިއީ އާ ފެށުމެއް ކަމަށެވެ. މިދެމީހުން ކައިވެނި ކުރީ ކަމަށް ފޭނުންނަށް ބޮޑަށް ހީކުރެވުނީ ވެސް އެ ސަބަބާހެދި އެވެ.

ނަމަވެސް ފަހުން ހާމަވިގޮތުގައި، އެ ފޮޓޯއަކީ ރާހުލް އާއި ދިޝާގެ ކުރިއަށް އޮތް ވީޑިއޯ ލަވައިގެ މަންޒަރެކެވެ. ދެމީހުން އެކުގައި ފެނިގެންދާނެ ފުރަތަމަ ލަވަ ރިލީޒްކުރާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ރާހުލް ވަނީ “ބިގް ބޮސް” ގޭގައި ހުރެގެން ދިޝާ ކައިރިން އިންނަން އަހައިފައެވެ. އަދި ފަހުން ދިޝާ ވަނީ ކައިވެންޏަށް އާނބަސް ބުނެފައެވެ. އެ ޝޯއިން ނުކުމެގެން ރާހުލް ދިން އިންޓަވިއުތަކުގައި ބުނިގޮތުގައި، ކުރިއަށް އޮތް 3-4 މަސް ތެރޭގައި އެދެމީހުން ކައިވެނިކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!