އިނގިރޭސި ރާނީގެ ފިރިކަލުން އަވަހާރަވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތުގެ ފިރިކަލުން، ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަރާވިއިރުު، އުމުރުފުޅަކީ 99 އަހަރެވެ. އެމަނިކުފާނު ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވިޔަސް، ޝާހީ އާއިލާއިން އެ ޚަބަރު މީޑިއާތަކާ ހިއްސާކޮށްފައިވަނީ ދާދި އިރުކޮޅެއް ކުރިންނެވެ.

އެމަނިކުފާނު އަވަހާރަވެފައި މިވަނީ، ދާދިފަހުން ބަލިހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ސާޖަރީއެއްވެސް ކޮށްފައިވަނިކޮށެވެ.

ޕްރިންސް ފިލިޕް އަވަހާރަވިއިރު، އެމަނިކުފާނާއި ރާނީގެ ކައިވެންޏަށް 73 އަހަރު ވަަނީ ވެފައެވެ. އަދި ޝާހީ ހިދުމަތުގައި ހުންނަވާތާ 65 އަހަރުވަނީ ފުރިފައެވެ.

ޕްރިންސް ފިލިޕް އަވާހަރަވެފައިވަނީ ވިންޑްސަރ ކާސަލް ގައި ކަމަށް ޝާހީ އާއިލާއިން ނެރުއްވި ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!