ރައްޔިތުންގެ ޙައްޤުގައި، މިނިވަންކަމާއެކު މަޑުއްވަރީ ކައުންސިލް ރައީސް ކަމަށް އެންމެންގެ ޝިހާމްބެ

ރަށްވެހިކަމުގެ ރޭހުގައި ކުރިއަރަން ބޭނުންވާ ރައްޔިތަކު ދިރިއުޅޭ ރ.މަޑުއްވަރީ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާފައިވާ މުހައްމަދު ޝިހާމް (ދަންނަ އެކުވެރިންގެ ނަމުން ނަމަ ޝީހާމްބެ) އަކީ ހިތްހެޔޮ، ކިބުރުވެރިކަމާ، ބޮޑާކަމުގެ ސިފަ ނެތް އަތޮޅުގިނަ ބަޔަކު ދަންނަ ސާދާ މިޒާޖެއްގެވެރި އެންމެ އާދައިގެ މީހުންނާވެސް ގުޅޭ ޢަޒުމާއި ހިތްވަރުގެ ގޮތުން އަރާހުރި މުޅި މަޑުއްވަރީ ފަހުރުވެރިވާ ފުރިހަމަ ނަމޫނާ ދަރިޔެކެވެ. ރައްޓެހި ބީރައްޓެހި ކޮންމެ ރައްޔިތަކުވެސް ކަމެއް ބޭނުންވެއްޖެނަމަ، ދެއްކުންތެރި ކަމެއް ނެތި އެކަމެއް ވީއެންމެ އަވަހަކަށް ނިންމާ އެރައްޔިތުމީހާގެ މުހުތާދު ފުއްދައިދޭ މަދަދުގާރެކެވެ. 

މުހައްމަދު ޝިހާމް އަކީ މީހުން ބިނާކުރުމުގެ ފަޚުރުވެރި ދިގު މާޒީއެއް އޮތްފަރާތެކެވެ. މަދަރުސީ ތައުލީމް ފުރިހަމަކުރުމަށް ފަހު ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމުރީނު ހޯދައިގެން ރާއްޖޭގެ އެތައް ސުކޫލެއްގެ މުދައްރިސްކަމާއި ލީޑިންގ ޓީޗަރުކަމާ ހެޑުމާސްޓަރުކަމާ އެސިސްޓަންޓު ޕްރިންސިޕަލް ކަމާއި ޕްރިންސިޕަލް ކަން ކޮއްފައިވާ އެތައް ދިވެހި ދަރިންނެއްގެ އުސްތާޒެކެވެ.

ޝިހާމްބެ ރަށުގެ ޒުވާނުންތަކަކާއި އެކު

ޝިހާމްބެ އަކީ މުޅި ރާއްޖެ ދަންނަ، ރަށުގެ ކޮންމެ ތަރައްޤީއެއްގެ ފަހަތުގައި ވެސް ވެދެވެން އޮތް ފަސޭހަތައް ހޯދައިދިނުމުގައި އަރާހުރި  އަޞްލީ ބާނީއެކެވެ. ރަށުގެ ޙައްޤުގައި، ރަށުގެ ރޫހުގަ، ވަތަނީ ވިސްނުމާއެކު، ރަށުވަންތަ ދަރިއެއްގެ ގޮތުންނެވެ. މަޑުއްވަރީ އެކުވެރިންގެ ކުލަބްގެ ރައީސް ކަމާއި ނައިބު ރައީސް ކަމާއި ހިންގާ ސެކްރެޓަރީ ކަން ކުރެއްވި ރައްޔިތުންގެ އެބައިވަންތަކަމާއި އެބަޔެއް ވަންތަ ކަން އިތުރު ކުރަން މަސައްކައްކުރެއްވި ހީވާގި ލީޑަރެކެވެ. ކިތަންމެ ބޮޑު ލަޝްކަރަކާ ކުރިމަތިލާން ޖެހުނަސް، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރި ވަތަން ދެކެ ލޯބިވާ ރަށަށް ވަފާތެރި، ދެގޮތެއް ނުވާ ރައްޔިތުންގެ އެކުވެރިއެކެވެ. މިކަން ވަނީ ރަށުގެ ރަށް ކުރިއަރުވާ ކޮމެޓީގައި މަސައްކަތްކުރި އިރު ސާބިތު ކޮށްދީފައެވެ.

އެކުވެރިން ބުނާގޮތުން، ޝިހާމްބެގެ އެންމެ ކަމުދާ ސިފައަކީ މައުލޫމާތުގެ މުއްސަނދި ކަމާއި ގާނޫނާއި ޤަވާއިދުތައް ދަންނަ ދޫހެލޭ ދެބަހަށް ފަރިތަ، ބަހާއި ޢަމަލުން ކަންކަން ދައްކާ ހިތްވަރުގަދަ ކަމާއި ސާބިތުކަމާއި އެކު ކަންކަމާއި ކުރިމަތިލާތީއެވެ. އަދި ކަމަކު އެދެފިނަމަ ބަހަނާއެއް ނެތި އެކަމެއް ޔަޤީންކަމާއެކު ވަގުތުން ވަގުތަށް ކޮށްދޭން މަސްކަތް ކުރާތީއެވެ. އެއީ ސާދާ ތާހިރު ދިރިއުޅުމެއް އުޅުމެއް އުޅެމުން އަންނަ ޒުވާނުންނާއި ހަރު އުމުރުފުރާގެ ތެރޭގައި ހަމަ އެހާމެ ސަކަ ރަށުގެ ޙައްޤުގައި، ފެށުނީއްސުރެ ޖާނާއި، އަމިއްލަ މާލުން ޤުރުބާނީތަކެއް ވަމުންދާ އެންމެންގެ ޝިހާމްބެއެވެ.

ސަރުކާރުތަކާއި އެހީދޭ ޖަމްޢިޔާ ޖަމާޢަތް ތަކާއި ގުޅިގެން، މަޑުއްވަރީއަށް ކުރިއެރުމާއި ފާގާތިކަން ގެނެސްދިނުމަށްޓަކައި، އަޒުމު ނުގުޑާފަދަ، ހިއްވަރު ގަދަ، ހަރުދަނާ ޓީމަކާއި އެކު މިނިވަންކަމާއި އެކު ނުކުންނަވައި ނުފިތި ހުރެ ޝިހާމްބެދައްކައިދެނީ މަޒީގެ އުޖާލާ މަންޒަރުތަކުން މާ ރީތި އުފާވެރި ކުރެހުމެކެވެ. މުޅިން އާ ތަސްވީރެކެވެ! ޝިހާމް ބުނާގޮތުން، “ތަރައްޤީއަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް، ހަމަހަމަކަމާއި އިންސާފަށް ބޯލެނބުމާއެކު، މަޑުއްވަރީ ޤުދުރަތީ ވެށީގެ ތެރެއިން އެންމެ ފަރުދަކުވެސް މަޙްރޫމްނުކޮށް، ގެންނަންޖެހޭ އަސާސީ ޙައްޤެކެވެ”.

އިންޝާﷲ.  ޝިހާމްބެ އަކީ މުޅި މަޑުއްވަރީގެ މޭގަ ބަދަލުކޮށްލައި ދެވޭނެ ފެންވަރު ހުރި މުފައްކިރެކެވެ. ކެނޑިޑޭޓު ނަންބަރު 5 އަށް ވޯޓު ދެއްވައިގެން ރ. މަޑުއްވަރީ ރައްޔިތުންގެ ހައްގުމިންވަރު ހޯދޭނެ ކަންކަށަވަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!