ގޭސް ފުޅިއެއް ގޮވައި ދެމީހަކަށް އަނިޔާވެއްޖެ

ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މިހާދިސާ ހިނގާފައިވަނީ އެރަށު ގުލްލަޒާރުގޭގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިމާއެކު އެމްއެންޑީއެފްގެ ނައިފަރު ފަޔަރސްޓޭޝަންގައި ހަރަކާތްތެރިވާ ފަޔަރމަނުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާއިރު، އަނިޔާވި އެކަކު ރ. އުނގުފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަނެކަކަށް އިނގުރައިދޫ ހޮސްޕިޓަލުގައި ފަރުވަދެމުންދާކަމަށެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!