ކެންޕޭނު ނިންމަން އެމްޑީޕީން މިރޭ ބޮޑު ޖަލްސާއެއް!

އެމްޑީޕީގެ ކެންޕޭނު ނިންމަން މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖަލްސާ ބޭއްވުމަށް ނިންމަފައިވަނީ އއ. ރަސްދޫ ފާޅުތެރޭގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ، މިރޭ 8:30 ގައެވެ. 

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެވެ ވަޑައިގަންނަވާނެކަމަށް އެމްޑީޕީ ސެކެރެޓޭރިއަޓުން ވަނީ ބުނެފައެވެ. 

އެ ޖަލްސާގައި ބައިވެރިވުމަށް މާލޭން އެމްޑީޕީގެ ސަޕޯޓަރުން ވަނި މިއަދު ހެނދުނު ފުރަން ފަށާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!