ސަނީ ލިއޯނީ މުމްބާއީ އިން އަގުބޮޑު ގެޔެއް ގަނެފި

ބޮލީވުޑްގެ ފިލްމީ ތަރި ސަނީ ލިއޯނީ، މުމްބާއީއިން އަގުބޮޑު ގެޔެއް ގަނެފިއެވެ.

މުމްބާއީގެ އަނދޭރީ ހިސާބުގަނޑުން ސަނީ ގެޔެއް ގަތްންކަން މިހާރު ވަނީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކަށް އަރައިފައެވެ. އެގޮތުން އެ ނޫސްތަކުން ބުނާ ގޮތުގައި، ސަނީ ގަތްން ފްލެޓުގެ އަގަކީ 16 ކްރޯޑު ރުޕީސް އެވެ. ޑޮލަރުން ގުނާނަމަ އެއީ 2 މިލިއަނަށްވުރެ ގިނަ އަދަދެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ސަނީ ގަތްން ފްލެޓަކީ 12 ވަނަ ފްލޯގައި ހުންނަ ތަނެއް ކަމަށާއި، މިވަގުތު އެތާނގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ސަނީ އެތަނަށް ދިރިއުޅުން ބަދަލުކުރާނީ އަދި ފަހުންނެވެ. އެތަން ސަނީ ގަތީ މިދިޔަ މާޗު 28 ގައި ކަމަށާއި، އޭނާ އެތަން ރެޖިސްޓްރީ ކޮށްފައިވަނީ އޭނާގެ އަސްލު ނަން ކަމަށްވާ ކަރަންޖީތު ކޯރް ވޮހްރާގެ ނަމުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސަނީ އަދި އެ ފްލެޓަށް ބަދަލުނުވާތީ، އެތަނުގެ ފޮޓޯތައް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސަނީ ލިއޯނީ، 39، ގެ ކުރިއަށް އޮތް މަސައްކަތަކީ “ޝޭރޯ” ނަމަކަށް ކިޔާ ސައުތު އިންޑިއަން ފިލްމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!