އަނުޝްކާ، ވިރާޓް އުފުއްލާލާ މަންޒަރުފެނި އެތައް ބަޔަކު އާޝޯހުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް އަނުޝްކާ ޝަރްމާ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކުން އެތައް ބަޔަކަށް ހައިރާންކަން ގެނުވައިފިއެވެ.

32 އަހަރުގެ ބަތަލާ ހިއްސާކުރި ވީޑިއޯއިން ފެންނަނީ، އޭނާގެ ބާރުން ފިރިމީހާ ވިރާޓް ކޯލީ މައްޗަށް އުފުއްލާ މަންޒަރެވެ. އެގޮތުން، އެންމެ ފުރަތަމަ ވިރާޓް ނުވިސްނާ ހުއްޓައި ފަހަތުން އަނުޝްކާ އޭނާ މައްޗަށް ހިއްލާލާ އިރު، ވިރާޓް އަށް އެކަން ކަމުގޮސްގެން ދެވަނަ ފަހަރަށް އެގޮތަށް ހެދުމަށް ބުނެއެވެ. އެއާއެކު، އަނުޝްކާ ދެވަނަ ފަހަރަށް ވިރާޓް އުފުއްލަނީ އެއަށްވުރެވެސް މައްޗަށެވެ.

މި ކުރު ވީޑިއޯކޮޅުން ގިނަ ބަޔަކަށް ފާހަގަވީ ބަތަލާ އަނުޝްކާގެ ވަރުގަދަ ކަމެވެ. ސަބަބަކީ، ވިރާޓަކީ ދުނިޔޭގެ ފެންވަރުގައި ކްރިކެޓް ކުޅޭ ވަރުގަދަ މީހަކަށްވެފައި، އަނުޝްކާ އަންހެނަކަށްވެ ހުރެ އެގޮތަށް އޭނާ އުފުއްލައި ލުމުމުންނެވެ. އެމީހުންގެ ފޭނުން އަންނަނީ އަނުޝްކާއަށް ތަޢުރީފު ކޮށް، އެ ޖޯޑު ވަރަށް “ލޯބި” ކަމަށް ބުނަމުންނެވެ.

މި ވީޑިއޯއަށް މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!