ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ
ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ފަހީމާއި، ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަޙުމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ރިވެޓްމެންޓް
ޖެހުން ހިމެނެއެވެ.

5 މިލިއަން ރުފިޔާގެ  މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަސް ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!