ގަބުރު ފެނުނަސް މިސްކިތް އެޅުމުގެ މަސައްކަތް ނުހުއްޓާނެ

ޒިކްރާ މިސްކިތް ސަރަހައްދުން ގަބުރު ފެނުނު ކަމުގައި ވިޔަސް، އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓަރީއިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރީގެ މީޑިއާ އޮފިޝލް ވިދާޅުވީ ޒިކުރާ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެއީ ދެތިން ގަބުރު ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދިނެވެ.

ޒިކުރާ މިސްކިތް ތަޅައިލީ އެތަން ބައު ވުމުގެ ސަބަބުން އައު މިސްކިތެއް އެތަނުގައި އެޅުމަށެވެ. ނަމަވެސް މިހާރު ގެންދަނީ އެ މިސްކިތް ހުރި ސަރަހައްދުގައި ރޯދަ މަހަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

އެތަނުން ގަބުރު ފެނިފައިވީ ނަމަވެސް މިހާރު އެތަން ދަނީ ސާފުކުރަމުން ކަމަށާއި އަދި ރޯދަ މަހަށް ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް އިސްލާމިކް މިނިސްޓަރީއިން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!