3 ރަށެއްގެ ބަނދަރާ ގުޅުންހުރި މަސައްކަތްތަކެއް އެމްޓީސީސީއާ ޙަވާލުކޮށްފި

3 ރަށެއްގެ ބަނދަރާ ގުޅުންހުރި މަސައްކަތްތަކެއް ކުރުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ، ހއ.ބާރަށު ނެރު ފުންކުރުމާއި، ނ.މަނަދޫ ބަނދަރުގެ ނެރު ހެދުމުގެ އިތުރުން، ނ.ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމަށެވެ.

މި މަޝްރޫޢުތައް އެކުންފުންޏާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސެއިން މޫސާއެވެ. މި 3 މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.

އެގޮތުން ހއ.ބާރަށު ނެރު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން މެދު ދިޔައިން ފެށިގެން 8.0- މީޓަރަށް ހަމަވާވަރަށް 79،100 އަކަ މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، މެދު ދިޔައިން ފެށިގެން 3.5- މީޓަރަށް ހަމަވާވަރަށް 8،600 އަކަ މީޓަރުގެ ސަަރަޙައްދެއް، ޖެޓީ ކައިރިން ފުންކުރުން ހިމެނެއެވެ. އަދި 4 ނެވިގޭޝަން ލައިޓް ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!