ދަނޑުވެރިކަމަށް 2 ރަށެއް ދޫކޮށްފި

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މިފަހުން ހުޅުވާލި 5 ރަށުގެ ތެރެއިން 2 ރަށެއްގެ ބީލަން ކާމިޔާބު ކުރި ފަރާތާއި ރަށްތައް ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެތެރޭގައި ހުޅުވާލި ރަށްތަކަށް ޝައުގުވެރިވެ ގިނަ އަދަދެއްގެ ފަރާތްތަކުން ބިޑް ހުށަހެޅި ނަމަވެސް މީގެތެރެއިން 2 ރަށެއް ފިޔަވައި ދެން ހުރި ރަށްތަކަށް ބިޑިންގ ޑޮކިއުމަންޓް އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންވަރަށް މާކްސް ލިބިފައިނުވާ ކަމަށެވެ.

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކަށް ދިނުމަށް ނިންމި ރަށްތައް


* ހއ. މަޑުލު – 16.1 ހެކްޓަރ
* ށ. ކަކާއެރިޔަދޫ – 14.6 ހެކްޓަރ
* ށ. ނެޔޮ – 20.6 ހެކްޓަރ
* ނ. ތޮޅެންދޫ – 16.8 ހެކްޓަރ
* ބ. މާއްޑޫ – 26.6 ހެކްޓަރ
* ގދ. އޮއިނިގިއްލާ – 13.5 ހެކްޓަރ

މީގެ ތެރޭގައި ހިމެނޭ ބ.މާއްޑޫވަނީ ފަހުން މި ލިސްޓުން ނަގާފައެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ބިޑަށް ހުޅުވާލި 5 ރަށުގެތެރެއިން ބިޑް އިވެލުއޭޝަންގެ ނަތީޖާއަށް ރިޢާޔަތްކޮށް، ބިޑިންގ ޑޮކިއުމަންޓްގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން، މާކްސް ލިބިފައިވަނީ 2 ރަށަށަށް ކަމަށެވެ. އެއީ ހއ. މަޑުލު އާއި ށ.ކަކާއެރިޔަދޫއެވެ. މި ދެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ބާކީ އޮތް 3 ރަށަށް ބިޑިންގ ޑޮކިއުމަންޓްގެ އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންވަރަށް އެއްވެސް ފަރާތަކަށް މާކްސް ލިބިފައިނުވާތީ އެރަށްތައް އެވޯޑް ކުރެވިފައިނުވާ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!