އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފިއެވެ.
ކަޕިލް އާއި އޭނާގެ އަންހެނުން ޖިނީ އަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހެވެ. ނަމަވެސް އެކުއްޖާއަށް ދިން ނަން މިހާތަނަށް އޮތީ ސިއްރުކޮށްފައެވެ. އެގޮތުން، އޭރު ފޭނަކު އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ކަޕިލް ބުނީ ވަކި ނަމެއް އަދި ނުކިޔާ ކަމަށެވެ.
އެހެންނަމަވެސް ދާދިފަހުން ކަޕިލް މިވަނީ އޭނާގެ ފިރިހެން ދަރިފުޅުގެ ނަން ހާމަކޮށްފައެވެ. ޓްވިޓާގައި ކަޕިލްގެ އުފަންދުވަހު، ލަވަކިޔުންތެރިޔާ ނީތީ މޯހަން އޭނާއަށް ތަހުނިޔާ ކިޔުމަށްފަހު، ދަރިފުޅުގެ ނަން ހަމާކުރުމަށް ބުނުމުން އެއަށް ރައްދުދެމުން ކަޕިލް ބުނީ އެކުއްޖާގެ ނަމަކީ ތުރިޝާން ކަމަށެވެ.
ކަޕިލްގެ އަލަތު ދަރިފުޅުގެ ނަމަކީ އަނައިރާ ޝަރްމާއެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަޕިލްގެ ކޮމެޑީ ޝޯ “ދަ ކަޕިލް ޝަރްމާ ޝޯ” މިހާރު އޮތީ މެދުކެނޑިފައެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ވެބް ސީރީޒެއްގައެވެ.