މާދޫރީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ފެނިއްޖެތަ؟

މީގެ ހަފްތާއެއް ކުރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދޫރީ ދިކްޝިތުގެ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

80 ގެ ފަހުކޮޅުން ފެށިގެން 90 ގެ އަހަރުތަކާ ހަމައަށް ބޮލީވުޑްގައި ގަދަޔަށް ވިދައިލި ބަތަލާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާ ޑރ. ސްރީރާމް ނޭނޭ އާއި އެދެމީހުންގެ ދަރިންނާއެކުގައެވެ. އެމީހުން ތިބީ ސޮނެވާ ޖާނީ ރިސޯޓުގައެވެ. އަދި އެ ދަތުރުގެ ތެރެއިން ނަގާފައިވާ ގިނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް، ދެމަފިރިންގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ. މީގެތެރެއިން މާދޫރީ ހިއްސާކުރި ފޮޓޯތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެނބުރި އިންޑިއާއަށް ދަމުން ޑރ.ނޭނޭ ހިއްސާކުރި ޕޯސްޓުގައި ބުނީ، ރާއްޖޭގައި ހޭދަކުރި ޗުއްޓީ އެމީހުންނަށް ވަރަށް މަޖާ ކަމަށެވެ.

މާދޫރީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީ ދުށް އެންމެ ރީތި، ހުނަރުވެރި އެއް ބަތަލާއެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާގެ ރީތިކަމަށް ބަދަލެއް ނައިސް ފެންނަމުންދެއެވެ. ނަމަވެސް ފަހަކަށް އައިސް ފިލްމުތަކުން ފެނުން ވަނީ މަދުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!