އަކްޝޭ ކުމާރު ހޮސްޕިޓަލްގައި އެޑްމިޓުކޮށްފި

ކޮވިޑް-19 ޖެހިގެން ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.

އެ ބައްޔަށް ޕޮޒިޓިވްވިކަން މީގެ ދެދުވަސްކުރިން އިޢުލާނުކުރުމަށްފަހު، އިއްޔެ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި 53 އަހަރުގެ އެކްޓަރު ބުނީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯދަމުންދާ ކަމަށެވެ. އަދި، ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އުއްމީދުކުރާ ކަމުގައި ބުންޏެވެ.

އަކްޝޭ ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، އިންޑިއާގައި އެ ބަލި އިންތިހާއަށް ފެތުރި، މަޝްހޫރު ގިނަ ތަރިންތަކެއް ޕޮޒިޓިވްވަމުން ދަނިކޮށެވެ. ނަމަވެސް އެހެން ޕޮޒިޓިވްވާ މަޝްހޫރު ގިނަ މީހުން ތިބެނީ ގޭގައި ކަރަންޓީނު ވެގެންނެވެ.

އަކްޝޭއަށް ކޮވިޑް ޖެހުމުން، ދާދިފަހުން ފެށި “ރާމް ސޭތޫ” ފިލްމުގެ މަސައްކަތް އޮތީ މެދުކަނޑާލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!