ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު 16:29 ހާއިރު  އަލިފާން ރޯވެފައިވަނީ ވިފްކޯ ގަރާޖު ކުރިމަތީ ހުރި ކުނިތަކެއްގައި ކަމަށެވެ.

އަލިފާން ގަނޑު ކޮންޓްރޯލު ކުރުމަށް އެމްއެންޑީއެފްގެ ފަޔާ ޓީމު ހަރަކާތްތެރިވި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާފައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށެެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!