އާދިއްތަ ދުވަހު ހަނދު ބެލުން

ރޯދަމަހަށް ހަނދު ބެލުން އޮތީ އަންނަ އާދިއްތަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭއިން މިއަދު ބުނީ  1442 ވަނަ އަހަރުގެ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވހަުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!