ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައިފިއެވެ.
މި ހާލަތު ދިގު ދަންމާލާފައިވަނީ މެއި ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާލަތު ދިގުދަންމާލިކަން އައްގާ އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތުމުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، މިއަހރުގެ 12 މާރިޗު އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު،4 އެޕްރީލްގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި ގެޒެޓުކޮށްފައިވާ އެންގުމުގައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުއަށް ދިގުދަންމާލާ ، ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ.