ބޭރަށް ފުރާ އޮފިޝަލުން ފުރުމުގެ ކަންކަން ހަމަޖެހިއްޖެ: ޝަރީފް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ލަންކާ އަދި ޓްރިވެންޑްރަމްގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ފުރުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި، ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައް ބެހެއްޓުމުގެ ހުއްދަތައް ލިބިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު، ލަންކާ އަދި ޓްރިވެންޑްރަމަށް ފުރާ އޮފިޝަލުންގެ ކަންކަން ހަމަޖެހި، މާޗު ހަވަނަ ދުވަހު، އޮފިޝަލުން ފުރާނެކަމަށް އިލެކްޝަންސްއިން މައުލޫމާތުދެއެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިއާ އާއި ސްރީލަންކާގައެވެ. ލަންކާގައި 4 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑިއާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއްފޮޓެވެ.

މިފަހަރުގެ އިންތިޚާބުގައި 735 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!