ކުންފުނި ހަދައި އަމިއްލަ ފަރާތްތަކާއެކު ފިޔަފާރި ކުރަން ކައުންސިލްތަކަށް ހުއްދަ ދީފިއެވެ.
އެ ހުއްދަ މިއަދު ކައުންސިލްތަކަށް ލިބުނީ ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު މިއަދު ގެޒެޓް ކުރުމާއި ގުޅިގެންނެވެ.
އެ ގަވާއިދުގައި ބުނެފައިވާތޮތުން ކައުންސިލަތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ހަދަން އިކޮނިމިކް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ.
އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ހިއްސާގައި ބައިވެރިވުމާއި، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވެއެވެ. ނަމަވެސް އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދާން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނާންޖެހޭނީ، %20 އަށްވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.