ދުވާފަރު އެމްޑަބްލިއުއެސްސީގެ އައިސްޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފި

އެމް.ޑަބްލިޔު.އެސް.ސީއިން ރ.ދުވާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ގެނައި މިބަދަލާއިއެކު އައިސްޓަނަކުން 225 ރުފިޔާވަނީ ހެޔޮކޮށްފައެވެ. އެމްޑަބްލިއުއެސްސީން ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް ވިއްކަނީ 1050 ރުފިޔާއަށެވެ. ކުރިން އައިސް ޓަނެއް، ޖީ.އެސް.ޓީ އާއެކު، ވިއްކަމުން އައީ 1275 ރުފިޔާއަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން އައިސް ވިއްކާ އަގު ހެޔޮކުރީ މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!