އެމްޓީސީސީ އިން އެއާޕޯޓު ބަސް ރޫޓަށް ބަދަލު ގެނެސްފި އެވެ.
އެމްޓީސީސީ އިން ބުނީ މި ބަދަލާއެކު އެއާޕޯޓް ބަސް ރޫޓްގައި ބޭނުން ކުރަމުން އަންނަ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ބަސް ސްޓޮޕްގެ ބަދަލުގައި ދެން ބޭނުން ކުރަމުން ދާނީ ނިރޮޅުމަގު ދި-ކަލާސް ބަސް ސްޓޮޕާއި އަމީން އެވެނިއު ބަސް ސްޓޮޕެވެ.
މި ބަދަލު ގެނައީ ޓްރެފިކު ތޮއްޖެހުން ކުޑަކުރުމަށް، ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.