މާދަމާ ދެވަނަ ޑޯޒް ޖަހާނީ ފެބްރުއަރީ 1 އިން 4އާ ދެމެދު ވެކްސިން ޖެހި މީހުންނަށް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާއިރު، މާދަމާ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އާ ދެމެދު ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މާދަމާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށަން ނިންމާފައިވާއިރު، ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއި، އައި.ޑީ ކާޑް/ޕާސްޕޯޓް/ލައިސަންސް ކާޑް ގެނައުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ 240،773 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!