ރޭޕް ކުރުމާ ދެކޮޅަށް މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފިއެވެ.
ސޯސަން މަގާއި މަޖީދީ މަގާ ގުޅޭ ކަންމަތިން މިއަދު ކުރިއަށް ގެންގޮސްފައިވާ މުޒާހަރާ އަކީ ދާދި ފަހުން ރޭޕްގެ މައްސަލައެއް ފެންމަތިވެފައި ވާތީ އެކަމާ ގުޅިގެން ގެންދިޔަ މުޒާހަރާއެކެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި މުޒާހަރާގައި 12 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައި ވަނީ އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދެވެ. މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ގިނަ މީހުންނަކީ އަންހެނުންނެވެ.
މިފަހަކަށް އައިސް ކޮންމެ ހުކުރު ދުވަހަކު ކަހަލަ ގޮތަކަށް އިދިކޮޅުން މާލޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.