ކައިވެންޏަށް އެއްމަހާ ބައިގައި ދިއާ ބަލިވެއިން ކަން އިއުލާންކޮށްފި

މިދިޔަ ފެބްރުއައީ 14 ގައި ކައިވެނިކުރި ބޮލީވުޑް ބަތަލާ ދިއާ މިރްޒާ ބަލިވެ އިންކަން އިޢުލާނުކޮށްފިއެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ވައިބަވް ރޭކީއާ ކައިވެނިކޮށްގެން އުޅޭ ދިއާ، ބަލިވެއިންކަން ހާމަކޮށްފައިވަނީ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާ އެކުގައެވެ. އެ ފޮޓޯއަކީ މިފަހުން އެދެމަފިރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ނަގާފައިވާ ފޮޓޯއެކެވެ. އޭގައި 39 އަހަރުގެ ބަތަލާ ހުރީ އޭނާގެ ބަނޑުގައި ހިފަހައްޓާލައިގެނެވެ.

ކައިވެންޏަށް ދެމަސް ވެސް ނުފުރި އުޅެނިކޮށް ދިއާ ބަލިވެއިންކަން އިޢުލާނުކުރުމާ ގުޅިގެން މީސްމީޑިއާގައި އެއްބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އޭނާ އެހާ ކުއްލި ގޮތަކަށް ކައިވެނިކުރި ސަބަބަކީ އެއީ ކަމުގައި ބުނެފައިވެއެވެ.

މި ކައިވެންޏަކީ ދިއާއާއި ވައިބަވްގެ ވެސް ދެވަނަ ކައިވެންޏެވެ. ވައިބަވް ކުރިން ކުރި ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!