ވަރަށް ދެރަ، އަނުޕަމާ އަށް ކޮވިޑް ޖެހިއްޖެ!

މިހާރު އެންމެ މަޤުބޫލު އެއް ހިންދީ ޑްރާމާ ސިލްސިލާ ކަމަށްވާ “އަނުޕަމާ” ގެ ޓައިޓަލް ރޯލު ކުޅޭ ބަތަލާ ރޫޕާލީ ގަންގުލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާއަށް ކޮވިޑް-19 ޖެހުނުކަން، ‘ޓައިމްސް އޮފް އިންޑިއާ’ ނޫހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ އިތުރުން، އެ ޝޯގެ އިތުރު ދެމީހަކަށްވެސް ކޮވިޑް ޖެހިފައިވާކަމަށް ބުނެއެވެ. އެގޮތުން އަނުޕަމާގެ ދޮށީ ދަރިފުޅުގެ ރޯލު ކުޅޭ އަޝިޝް މެހްތޯތުރާ އަށް ކޮވިޑް ޖެހިގެން، ކަރަންޓީނުގައި ހުރި ކަމަށް ބުނެފައިވެއެވެ. ފަހުގެ އެޕިސޯޑުތަކުން އޭނާ ނުފެންނަނީ އެހެންވެގެންނެވެ.

ބެލެވޭ ގޮތުގައި، ރޫޕާލީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ ސިލްސިލާގެ ކުރިއަށް އޮތް ބައެއް އެޕިސޯޑުތަކުން އޭނާ ނުފެންނާނެއެވެ. ނުވަތަ، ޝޯގެ އެންމެ މުހިންމު ރޯލު ކުޅޭ މީހާއާ ނުލައި ޝޫޓިންގ ތައް މެދުކަނޑައިލަން ޖެހުމަކީވެސް ވެދާނެ ކަމެކެވެ.