ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލާ މާލެ ސަރަހައްދުގެ ސުކޫލު ތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލާ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ސުކޫލު ތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދޭ ކަމަށެވެ. އެ ހުއްދަ ދިނީ އެޗްޕީއޭއިން މިއަދު ނިންމި ނިންމުމާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދަށް އަޅާފައި އޮތް ކާފިއު އެއްކޮށް މިއަދު އުވާލައި ލުއިތައް ވަނީ ދީފައެވެ. އެގޮތުން ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައި ދިނުން ހުޅުވާލަން ވެސް ހުއްދަކޮށްފަ އެވެ.
ކޮވިޑް ފިޔަވަޅުތަކަށް ކުއްލި ގޮތަކަށް ލުއި ދިން ނަމަވެސް މިދިޔަ ސައުވީސް ގަޑިއިރު ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.