މާލޭގެ ސެޓޯރެންޓެއް

ރޯދަ މަހު ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކަނޑައަޅައިފި

ރޯދަ މަހުގައި ކެފޭތަކައް މެންދަމު 3:00 ޖަހަންދެއް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކްނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ. މި އަހަރު ރޯދަ މަސް ފަށަނީ އޭޕްރީލް 13 ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

އެހެން ކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހިންގާ ކެފޭތަކުން އެ ގަޑިތަކަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ރޯދަ މަސް ފެށެންދެން މިރެއިން ފެށިގެން ފަތިހު 4:30 ފެށިގެން މެންދަމު 1 ޖަހަންދެން ހިދުމަތް ދެވޭނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!