ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށައިފި

ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ. ރާއްޖޭގައި މއިަދު ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވަނީ  5،500 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.

ފައިޒާ ވެކްސިން ރާއްޖެއަށް ގެނައީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. މި ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައިަކަމށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އޭގެތޭރޭގައި:

 • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން
 • ޑަޔަލިސިސް ޤަވާޢިދުން ހަދަމުންދާ މީހުން
 • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން
 • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން. އޭގެތެރޭގައި ތިރީގައިވާ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine, Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib

ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

އެޗްޕީއޭއިން ބުނީ ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭގެތެރޭގައި

 • – ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
 • – ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
 • – ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން
 • – އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން، އޭގެ ތެރޭގައި ތިރީގައިވާ ބޭސްތައް ބޭނުންކުރާ ކުދިން ހިމެނެއެވެ.

Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine, Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib

 • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
 • ހަކުރުބަލީގެ ކުދިން
 • ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
 • ޑައުންސިންޑްރޯމް ހުންނަ ކުދިން
 • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
 • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަނގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ)

އެހެންކަމުން އެފަދަ ބަލި ޙާލަތު މެދުވެރިފައިވާ މީހުން ފައިޒަރ ވެކްސިން ޖެހުމަށްޓަކައި https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓަރ ކުރެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންކަމަށާއި، މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގަކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!