މާލެ ސަރަހައްދުގެ ކާފިއު އުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާނު ކުރި ކާފިއު އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މިބަދަލާއިއެކު މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާޠިލު ކޮށްފައިވާކަމަށެވެ.

އެގޮތުން އެޗްޕީގެ ގައިޑްލައިނާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމާއި، ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކްތައް ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ.

މި ކަންކަމަށް ލުއިދިން ނަމަވެސް ބައެއް ފިޔަވަޅުތައް އަދިވެސް ވަނީ ދަމަހައްޓާފައެވެ. ދަމަހައްޓަފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން ހިމެނެއެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، މާލެ ސަރަޙައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމުގެ އިތުރުން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށްވެސް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!