ފަންނީ މީހުންނަށް ޖާގަ ތަނަވަސް ފްލެޓުތަކަކަށް ބަދަލުވާން ފުރުސަތެއް

ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުވުވާލާފައި ކަމަށެވެ. އަދި، ސަރުކާރުން މިހާރު ދަނީ އެ ފުރުސަތުގެ ބޭނުން ހިފާ ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މަބްރޫކް ވިދާޅުވީ، މިދިޔަ މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށާއި، ނަމަވެސް ފްލެޓް ކޮމިޓީގެ ފަރާތުން އިތުރަށް ބެލުމަށް ބުނެފައިވާ ކަންކަން އެއްކޮށް ބަލާ ނިމިފައި ނުވާތީ ކަމަށެވެ. ލިސްޓުގެ ބޮޑު ބައެއް މިހާރު ފައިނަލައިޒް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އިތުރަށް އޮޅުން އަރާފަދަ ބައެއް ކަންކަމާއި ގުޅިގެން އެހެން މުވައްސަސާތަކުން ލިބެންޖެހޭ ބައެއް ލިއުންތައް ހޯދައި ވެރިފައިކުރުންފަދަ ބައެއް މަސައްކަތްތައް އަދި ނުނިމި ހުރިކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފަ އެވެ.

މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ތެރޭގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށާއި، އެކި މީހުންނަށް ލިބެންޖެހޭ އެޕާޓްމަންޓްތައް ގުރުއަތުލުމުގެ މަސައްކަތް ކުރަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް އެޗްޑީސީން ވަމުން އަންނަ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!