ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓު ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ މާފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލަ ޕްރޮޖެކްޓް ސައިޓަށް ގޮންގޮސްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ ޖުމްލަ 99.9 މިލިއަން ރުފިޔާއަށެވެ.