ދިއްދޫގައި ޕޯސްޓު އޮފީހެއް ހުޅުވައިފި

ހއ. ދިއްދޫގައި މޯލްޑިވްސް ޕޯސްޓް އޮފީހުގެ ގޮތްޕެއް ހުޅުވައިފި އެވެ.

 ދިއްދޫގައި އަލަށް ގާއިމުކުރި ފޯސްޓް އޮފީސް އިއްޔެ ހުޅުވައި ދެއްވީ އިދާރީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ ޒަމާނަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި، ޕޯސްޓުގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒު ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް މޯލްޑިވްސް ޕޯސްޓުން މަސައްކަތްކުރަނީ ހިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވޯކް ފުޅާކޮށް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ
ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯމުގެ ތެރެއިންނާ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގެ ތެރެއިން ހިނގާ ވިޔަފާރި މުއާމަލާތްތަކުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސެންޓަކީ އަތޮޅުތެރެއަށް އެޑްރެސްކޮށްފައި ހުންނަ މެއިލްކަމަށާއި އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ފަސޭހަތައް ލިބި، ހިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ހަތް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ވެރި ރަށުގައި ޕޯސްޓް އޮފީސް ހުރެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!