ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މަރެއް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އަނެއްކާވެސް މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ނިޔާވެފައިވަނީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިއަދު 12:27 ހާއިރު އައިޖީއެމް އީއާރްއަށް ގެންދިޔަ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެ މީހާ ނިޔާވެފައި ވަނީ 12:35 ހާއިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 67 ވަނަ މީހާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!