ކައިވެނިކުރުމާ ބެހޭގޮތުން ޖޭސްމިން ބުނަން އޮތީ މިހެން

“ބިގް ބޮސް 14” އިން ވިދައިލި ޖޯޑު ކަމަށްވާ ޖޭސްމިން ބަސީން އާއި އަލީ ގޯނީ ކައިވެނިކުރަނީ ކޮން އިރަކުންތޯ މީޑިއާތަކުން ސުވާލުކުރުމުން ޖޭސްމިން އެއަށް ޖަވާބުދީފިއެވެ.

އެގޮތުން 30 އަހަރުގެ ޓީވީ އެކްޓްރެސް ބުނިގޮތުގައި، ކައިވެނި ކުރުމަކީ އަދި ވާން އޮތް ކަމެއް ވެސް ނޫން ކަމަށެވެ. އެކަހަލަ އެއްވެސް މަޝްވަރާއެއް ދެމީހުންގެ މެދުގައި މިހާތަނަށް ނުހިނގާ ކަމަށް ބުނަމުން ޖޭސްމިން ބުނީ، އަދި މިއުޅެނީ އަލަތަށް ލޯބިވެގެން ކަމަށެވެ. “އެހެންވީމަ ކައިވެނީގެ ވާހަކައެއް އަދި ނުދެކެވޭ”.

މި ވާހަކަ އިވިފައި، އަލީ އާއި ޖޭސްމިންގެ ޖޯޑު (ޖޭސްލީ) އަށް ތާއީދުކުރާ ފޭނުން ތިބީ މާޔޫސްވެފައެވެ. އެހެންނަމަވެސް، އެދެތަރިންގެ ލޯބީގެ ގުޅުން ވަރަށް ވަރުގަދަކަން ބިގް ބޮސް ގެ ގެއިންނާއި، އޭގެފަހުން މީސްމީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުން ވެސް ފެނިގެންދެއެވެ.

ޖޭސްމިން އާއި އަލީއަކީ “ބިގް ބޮސް 14” ގައި ބައިވެރިވުމުގެ ކުރިން ވެސް ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރީ އެ ޝޯގެ ތެރެއިންނެވެ. ޖޭސްމިން ޝޯގެ މެދަކާ ހިސާބުން ކަޓައިގެން ދިޔައިރު، އަލީ ވަނީ ހަތަރު ވަނައާ ހަމައަށް ދަތުރުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!