ރޭ މަރުވި ސިފައިންގެ މީހާ ކޮވިޑަށް ޕޮޒިޓިވް

ލ. ކައްދޫގެ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެެއިން ގެއްލުނު ލާންސް ކޯޕަރަލް ހުސެއިން ފާރިޝް، މަރުވެފައި އޮއްވާ ފެނިފައި ވާއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާ ކޮންޓެކްޓްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް މިހާރު ނަގާފައި ވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. 

ނަމަވެސް މިހާތަނަށް ނެގި އެއްވެސް ސާމަޕަލެއް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި، އޭނާ އާއި އެއްކޮށް މޫދަށް ފޭބި މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. 

ރޭ 20:50 ހާއިރު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ 12 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!