އެސްޓީއޯ އިން އަލުވި ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ރާއްޖެ ގެންނަ ފިޔާ އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ކުރި އަގުތަކުގެ ތެރޭގައި ފިޔާ ކިލޯއެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 9.50 ރުފިޔާއަށް ކަމަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކާ އަގަކީ 200 ރުފިޔާއަށެވެ.

އަލުވީގެ އަގުތަކަށް ބަލާލާއިރު އަލުވި ކިލޯއެއް އެސްޓީއޯ އިން ވިއްކުމަށް ހަމަޖެހިފައި ވަނީ 9 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކާ އަގަކީ 185 ރުފިޔާއެވެ. މީގެ އިތުރުން ބިސް ކޭހެއްގެ އަގަކީ 265 ރުފިޔާއެވެ.

މީގެ ކުރިން ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވަނީ ވިއްކަން ފަށައިފައެވެ.

ކޮވިޑާ ގުޅިގެން އިގްތިސޯދީ ދަތިކަމެއް އައި ނަމަވެސް އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައި ވާއިރު، އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!