މިސްރުގެ ސުއޭޒް ކެނަލްއަށް އަންގާރަދުވަހު ބީހުނު އާގުބޯޓު ފުންކޮށް ކެނަލް ހުޅުވާލައިފިއެވެ.
400 މީޓަރުގެ ދިގު “އެވަރގިވަން” ނަމަކަށް ކިޔާ ބޯޓު ތާށިވެ, ޑްރެޖަރުތަކުން ކޮނެގެންނާއި ޓަގްބޯޓުތަކުން ދަމައި އަދި ކޮށްޕައިގެން، ފުންކޮށްފައިވަނީ ރާއްޖޭގަޑިން ރޭ 10 ޖެހި އިރުއެވެ.
ސުއެެޒް ކެނަލް ހުޅުވާލުމުގެ އުފަލުގައި އެ ކެނަލް ހުރަސްކުރަން އިންތިޒާރުގައި ތިބި އެހެން ބޯޓުތަކުން ވަނީ ބޯޓުތަކުގެ ބަރުގޮނު އަޅައި އުފާ ފާޅުކޮށްފައެވެ.
ހޮނިހިރުދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ 400 މީޓަރުގެ ދިގުމިނުގެ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށް މިހާތަނަށް ބެލި ބެލުމުން ފެންނަކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.