ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

ޅ. ހުރަވަޅި ކައިރީ އޮތް ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި 3 މީހަކު އެމްއެންޑީއެފް އިން ސަލާމަތް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހުރަވަޅި ކައިރީ އޮތް ފިނޮޅަކަށް ވެލިނަގަން ގޮސްތިބި 3 ބިދޭސިން ހާލުގައި ޖެހިފައިވަނިކޮށް އެމްއެންޑީއެފް ނަދަން އެރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެމީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ސަލާމަތްކޮށްފައި ވަނީ އެމްއެންޑީއެފްގެ ނައިފަރު ފަޔާ ޓީމް ހިންނަވަރަށް ދަތުރުކުރަމުންދިޔަ މަގުމަތީ މިއަދު 14:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ މީހުން ހާލުގައި ޖެހިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!