އުދަ އަރައިގެން ހިންނަވަރަށް ގެއްލުންތަކެއް

ޅ. ހިންނަވަރަށް އުދަ އަރައި، ގެއްލުންތައް ލިބިއްޖެއެވެ.

އެ ރަށަށް އުދަ އަރަން ފެށީ ހެނދުނު ނުވައެއް ޖަހާކަން ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ރަށުގެ އުތުރާއި ދެކުނުން އުދަ އެރުމުގެ ސަބަބުން މުޅި ރަށު ތެރެއަށް ލޮނުގަނޑު ފެތުރިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އެއާއެކު ރަށުގެ ބަނދަރުގައި އަޅާފައި ހުރި ލޯންޗުފަހަރާއި ދޯނިފަހަރު ފަދަ އުޅަނދުތަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އުދައިގެ ސަބަބުން ހިންނަވަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މޫސުން ގޯސްވެފައިވަނީ  ރާއްޖެއާ ދުރުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެއެވެ. ރޭ ދަންވާރާ މިއަދު ހެނދުނު ރާއްޖެއަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން، މާލެއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މާލެ ސިޓީގެ ބައެއް ގަސްތައް ވެއްޓި، ވެހިކަލްތަކަށް ގެއްލުން ލިބިފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!