55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 10:00 އިން މެންދުރު 14:00 ގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. 

އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ. 

އޭގެ އިތުރުން މެޓުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް 6-8 ފޫޓު ހުންނާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 3-6 ފޫޓާ ދެމެދުގައި ހުންނާނެ ކަަމަށް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!