ޕްރިޔަންކާ ދެން ބޮލީވުޑުން ފެންނާނީ އަންނަ އަހަރު

ބޮލީވުޑް ފިލްމަކުން އެންމެ އަވަހަށް ފެނގެންދާނީ އަންނަ އަހަރު ކަަމށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

މިހާރުގިނައިން ހޮލީވުޑްގެ މަސައްކަތްތަކުގައި އުޅޭ 38 އަހަރުގެ ބަތަލާ މިހެން ބުނެފައިވަނީ، މީގެ ދެދުވަސް ކުރިން ޓްވިޓާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައެވެ. އެގޮތުން، ދެން އެންމެ އަވަހަށް ބޮލީވުޑުން ފެންނާނީ ކޮން އިރަކުންތޯ ފޭނަކު ސުވާލު ކުރުމުން ޕްރިޔަންކާ ބުނެފައި ވަނީ އަންނަ އަހަރު ކަމަށެވެ. ނަމަވެސް އެ ފިލްމާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ “ދަ ސްކައި އިޒް ޕިންކް” އެވެ. އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޕްރިޔަންކާ މިވަގުތު ބުރަކޮށް އުޅެނީ ލަންޑަނުގައި ޝޫޓިންގ ކުރިއަށްދާ އެމެޒޯންގެ ސީރީޒް “ސިޓަޑެލް” ގެ މަސައްކަތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!